އަހަރެންގެ އުޅުން މި ގޮތުގައި ހުރިހާ ދުވަހަކު ދަރިފުޅު އަހަންނަށް ނުލިބޭނެ- ޝިފާ
- މާހިރު މުޙައްމަދު
- Jul 3, 2021
- 1 min read

ޅ. ނައިފަރަށް އުފަން އުމުރުން 21 އަހަރުގެ މަރިޔަމް ޝިފާ ނުވަތަ ޓިކްޓޮކް ޝިފާއަކީ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަަޝްހޫރު ކަމެއް ހޯދާފައިވާ ތަރިއެކެވެ. ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުން އަންނަ ތަރިއެކެެވެ.
އުމުރުން 17 އަހަރުގައި ފިލްމީ ދާއިރާގައި މަަސައްކަތް ކުރަން ފަށާފައިވާ ޝިފާ އަލަތު ކައިވެންޏަށްފަހު، ފުރަތަމަ ދަރިފުޅަށް ބަލިވެއިން އިރު އުމުރުން 18 އަހަރެެވެ.
ޅަ އުމުރުގައި ބަނޑުބޮޑުވުމާއި ގުޅިގެން ބައެއް މީހުންގެ ވާހަކަތަކުގައި ޝިފާއަށް ކުއްޖާ ބެލޭނެކަމާއި މެދު ސުވާލު އުފައްދާފައިވާ ކަމަށް ޝިފާ ބުންްްޏެވެ.
މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ޝިފާ ބުނީ މީހުން ޝިފާ އަދި ކުއްޖަކު ހޯދާ އުމުރަށް ވުރެ މާ ކުޑަ ކަމަށް ބުނެ، ކުއްޖާ ގެންގުޅެވޭނެ ކަމާއި މެދު ޝައްކު އުފައްދާފައިވީ ކަމުގައި ވިޔަސް ޝިފާއަށް ކުއްޖާ ގެންގުޅެވޭނެ ކަމާއި ކުއްޖާ ބެލޭނެ ކަމަށް އަމިއްލައަށް ގަބޫލުކުރެވުނު ކަމަށެވެ.

ޝިފާގެ ދަރިޔަކު ހުރި ކަމުގައި ވިޔަސް، ކުއްޖާ ދިރިއުޅެމުން ދަނީ ޝިފާއާއި ދުރުގައެވެ. އެ ކުއްޖާ ބަލަމުން ދަނީ ޝިފާގެ ކުރީގެ ފިރިމީހާގެ ފަރާތުގެ އާއިލާއިންނެވެ. ޝިފާ ބުނީ އެމީހުން ކުއްޖާ ބަލަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ޝިފާއާއި ކުއްޖާ ބައްދަލުވާކަން ވެސް ފާހަގަކުުރިއެވެ. ކުއްޖާއާއި ދުރުގައި ހުރުމަކީ ހުދު ޝިފާއަށް ވެސް ފަސޭހަކަމެއް ނޫންކަމަށް އޭނާ ބުންޏެވެ. ޝިފާގެ ފިރިމީހާ ވަނީ މީގެ އަހަރުތަކެއް ކުރިން ނިޔާވެފައެވެ. ޝިފާ ބުނީ ފިރިމީހާ ނިޔާވި ފަހުން ކުއްޖާ ގޮވައިގެން އުޅެލާނެ ފުރުސަތެއް އަދި ނުލިބޭ ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ މިކަމާއި ގުޅިގެން މީހުންގެ ނައްސި އެތައް ވާހަކައަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. ކުއްޖާ ނުބަލަނީ ކަމަށް ބުނެ މީހުން ނައްސި އެތައް ވާހަކައެއް މީހުން ދައްކާ ކަމަށް ބުނެ ޝިފާ ވަނީ ކުއްޖާއާއި ގުޅިގެން ކޮންމެވެސް ވަރަކަށް ކިޔައިދީފައެވެ. "މީހަކު ބުނެފާނެ، ޝިފާ ވިހާފައި ބޭބީ އެއްލާލީ އޭ، ނުބަލައޭ! އެކަމަކު ބޭބީ ހޯދަން ވަރަށް މަސައްކަތް ކުރިން. ކޯޓަށް ވެސް ދިޔައިން. ބޭބީ ބަލަނީ މައިދައިތަ. ފިރިމީހާ މަރުވި ފަހުން އަދި ނުލިބޭ ކައިރިއަކަށް ދަރިފުޅެއް. އެއީ އެމީހުން ގޯސް ވެގެން ކަމަކަށް ވެސް ނުދެކެން. ވަރަށް ރަނގަޅަށް މައިދައިތަ ދަރިފުޅު ބަލަނީ. ޝިފާ ދެކެނީ ބޭބީ އަދި ލިބޭނެ ކަމަށް، އެ ހޯޕެއް ވެސް ނުގެއްލުވާލަން،" ޝިފާ ބުނެފައިވެއެވެ.








Comments