ބުރުގާ ނެގީ ބަޔަކަށް ހަޑި ނަމެއްދޭކަށް ނޫން- ޝިފާ
- ޙުސައިން އަޙުމަދު

- Aug 25, 2021
- 1 min read

ބުރުގާ އެޅުމަށް ފަހު، ބުރުގާ ނެގީ ބަޔަކަށް ހަޑި ނަމެއްދޭކަށް ނޫންކަމަށް ޓިކްޓޮކް ތަރި މަރްޔަމް ޝިފާ ބުނެފިއެވެ.
މީގެ ކުރިން ބުރުގާ އެޅުމަށް ފަހު ، ބުރުގާ ނަގައިގެން އުޅުމަށް ފަހު ދެވަނަ ފަހަރަށް ޝިފާ ބުރުގާ އެޅީ މި އަހަރުގެ ޖުލައިމަހުގެ ފުރަތަމަ ކޮޅުގައެވެ. ނަމަވެސް އަނެއްކާ ވެސް ޝިފާ ބުރުގާ ނެގިކަން މީޑިއާއަށް ހާމަވެގެންދިޔައީ ”ސަންގު އީ“ ޗެނަލްއިން ގެނެސްދޭ ”ޓިއުސްޑޭ ނައިޓް ވިތު ޝިފާ“ ޕްރޮގްރާމުގެ ޓްރެއިލާގައެވެ. އެ ޕްރޮގުރާމުގެ ބައިވެރިޔަކު ވަނީ ޝިފާ ބުުރުގާ ނެގި ސަބަބާއި ބެހޭ ގޮތުން ސުވާލުކޮށްފައެވެ.

”ދެން އަސްލު ނެތް ވިސްނުމުގަ ބުރުގާ އަޅާކަށް އަވަހަކަށް. އަނެއްހެން ބުނަންޏާ ޝިފާގެ ވަރަށް ބައިވަރު ސަބަބުތައް އެބަހުރި. ސަބަބުތައް ކިޔައި ނުދިނަސް ވަކިން. އެޅީކީ ނަގާކަށެއް ނޫން. އަސްލު ހަމަ ނަގާކަށް އެއްވެސް ގޮތަކަށް ޚިޔާާލުގަ ނެތް. އުޅެން ޖެހިފަ އިން ގޮތުން ކުއްލިއަކަށް އުނދަގޫވީ ކަންތައްތައް. އެކަމަކު ވެސް ކޮންމެ ވެސް ދުވަހަކުން އަޅާނަން. ނާޅާނެއެކޭ ވެސް ނުބުނާނަން. އެކަމަކު އަވަހަކަށް ހީއެއް ނުވޭ އަޅާނެހެން.“ ޝިފާ ބުންޏެވެ. ޝިފާ ބުނީ ދެން އަޅަންޏާ ޖެހޭނީ ދާއިމީކޮށް އަޅަން ކަމަށާއި، މިހާރު ބުރުގާ ވެސް ނެގިއްޖެ ކަމަށެވެ. މީގެ އިތުރުން ޝިފާ ބުނީ ބުރުގާ އެޅުމަށް ފަހު ، ބުރުގާ ނެގީ ބަޔަކަށް ހަޑި ނަމެއްދޭކަށް ނޫން ކަމަށެވެ.
މިއީ ޝިފާ ރުގާ އެޅުމަށް ފަހު ، ބުރުގާ ނެގި ދެވަނަ ފަހަރުކަން ފާހަގަކުރަމެވެ.








Comments