1990 ވަނަ އަހަރު ރެކޯޑް ކުރި ލަތާގެ ލަވައެއް ނެރެފި
- މާހިރު މުޙައްމަދު
- Sep 29, 2021
- 0 min read

އިންޑިޔާގެ ލަވަކިޔުންތެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު 1990ގެ އަހަރުތަކުގެ ތެރޭގައި ރެކޯޑުކޮށްފައިވާ ލަވައެއް މި އަހަރު ނެރެފިއެެވެ.
ގުލްޒާރު ލިޔެފައިވާ މި ލަވައަކީ 1990 ގެ އަހަރުތަކުގެ ފިލުމަކަށް ހަދާފައިވާ އަދި އެއިރު ރިކޯޑު ކޮށްފައިވާ ލަވައެކެވެ. ނަމަވެސް ފިލުމަށް ލަވަ ލުމުގެ ބަދަލުގައި ލަވަ ހަރުގަނޑަށް ދިޔައެވެ.
ލަތާ ކިޔާފައިވާ ''ކުޗް ޓީކް ނެހީ ލަގްތާ'' މި ލަވަ ނެރެފައި ވަނީ ފިލުމު ޑައިރެކްޓަރ ވިޝާލް ބަރަދުވާޖުގެ ޕްރޮޑަކްޝަން ވީބީ މިޔުޒިކުގެ ދަށުން މި އަހަރުގެ ލަތާ މަންގޭޝްގަރުގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން އޭނާގެ ސަޕޯޓަރުންނަށެވެ.
މި ލަވައިގެ ވީޑިއޯގައި ދައްކައިދީފައިވަނީ ލަތާގެ ޒުވާން ދުވަސްވަރުގެ ފޮޓޯތަކެވެ. މީގެއިތުރުން ލަތާއާއި ބެހޭ ބައެއް މައުލޫމާތު ވެސް ފެނިގެން ދެއެވެ.
ލަތާ މަންގޭޝްކަރްއަށް އެންމެ ފުރަތަމަ ކިޔުނު ނަމަކީ ހެމާ އެވެ. އެ ނަން ލަތާއަށް ބަދަލުކޮށްފައިވަނީ ލަތާގެ ބައްޕަ ކުޅުނު ޑުރާމާގެ ކެރެކްޓަރަކާއި ގުޅުވައިގެން ކަމަށް ވެސް މި ވީޑިއޯގައި ބުނެފައިވެއެވެ.
މީގެއިތުރުން ލަތާގެ ލަވަކިޔުމާއި ބެހޭގޮތުން ބަތަލާ މީނާ ކުމާރީ ބުނެފައިވާ ވާހަކަތައް ވެސް އެ ވީޑިއޯގައި ހިމަނައިފައިވެއެވެ. ލަތާ ލަވަކިޔާއިރު އިތުރަށް އެކްޓް ކުރަން ނުޖެހޭ ކަމަށް ބުނެފައިވެެވެ.
1963 ވަނަ އަހަރު ގައުމު ފަހުރުވެރިވާ ފަދަ ލަވަކިޔުންތެރިއެއް ލިބިގެން ދިޔަ ކަމަށާއި ލަވަކިޔުމުގެ ރާނީއަކީ ލަތާކަމަށް ކިޝޯރު ކުމާރު ބުނެފައިވާ ބުނުން ވެސް ހިމަނައިފައިވެއެވެ.








Comments