https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

109 ގޯލް ޖަހާ ދުނިޔޭގެ ޗެމްޕިއަން ފުރާންސްއަށް ރަނގަޅު ފިލާވަޅެއް ރޮނާލްޑޯ ދީފި

  • Writer: Goal mv
    Goal mv
  • Jun 24, 2021
  • 1 min read

ފުޓްބޯޅައިގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ކްރިސްޓިއާޯ ރޮނާލްޑޯ ހަމަހަމަކޮށް، ފްރާންސްގެ މައްޗަށް 2-2 ގެ ނަތީޖާ އަކުން އެއްވަރުކޮށް ޕޯޗްގަލް ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.


ގައުމީ ޓީމަށް 109 ވަނަ ލަނޑު ކާމިޔާބުކޮށް ރޮނާލްޑޮ ވަނީ، އިރާންގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީ ހަދައިފައިވާ ރެކޯޑާއަރާ ހަމަހަމަ ކޮށްފަ އެވެ.


ފުރަތަމަ ހާފުގައި ދެ ޓީމުން ޖެހި ލަނޑު ތަކަކީ ވެސް ދެ ޕެނަލްޓީ އެވެ. ފުރަތަމަ ޕެނަލްޓީ ޕޯޗްގަލްއަށް ދިނީ، ފްރާންސްގެ ކީޕަރު ލޮރިސް ބޯޅަ ދިފާއު ކުރަން ޖަމްޕް ޖެހުމުގެ ތެރޭގައި އޭނާގެ އުޅަނބޮށިން ޕޯޗްގަލްގެ ޑަނިލޯގެ ބޮލުގައި ޖެހުމުންނެވެ. ޕެނަލްޓީން ޕޯޗްގަލްއަށް ލީޑް ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.


ފްރާންސަށް ޕެނަލްޓީ ލިބުނީ، ޕޯޗްގަލްގެ އޭރިއާތެރެއިން، ޕޯޗްގަލްގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ، ފްރާންސްގެ ކިލިޔަން އެމްބާޕޭއަށް ހުރަސް އެޅުމުންނެވެ. ޕޯޗްގަލްގެ ކުޅުންތެރިން ޕެނަލްޓީއެއް ނޫން ކަމަށް އެޕީލް ކުރި އެވެ. ޕެނަލްޓީން ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް ބެންޒެމާ އެވެ.


ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓްގައި ޕޯލް ޕޮގްބާ ދިން ބޯޅައިން ބެންޒެމާ ފްރާންސަށް ލީޑް ނަގައިދިނެވެ. ބެންޒެމާ އޮފްސައިޑް ކަމަށް ބެލެވުނު ނަމަވެސް ވީއޭއާރުން ދެއްކީ އޭނާ އޮންސައިޑް ކަމަށްށެވެ.


ޕޯޗްގަލްއަށް ލިބުނު ދެ ވަނަ ޕެނަލްޓީ އަކީ، ފްރާންސްގެ އޭރިއާގެ ތެރެއިން ރޮނާލްޑޯ ގޯލް ކުރިމައްޗަށް ނަގައިދޭން އުޅުނު ބޯޅަ ޖޫލްސް ކުންޑޭ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑްއާ ހަމަހަމަކޮށްފަ އެވެ.




 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page