https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޤައުމީ ސަލާމަތަށް ނުރައްކާ ހުރި ފަތުރުވެރިއެއް ޑީޕޯޓުކޮށްލައިފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 22, 2021
  • 1 min read

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ވަޒަންތަކެއް ފެނިގެން ހައްޔަރު ކުރި ނެމީބިއާއަށް ނިސްބަތްވާ ފަތުރުވެރިޔާ ޑީޕޯޓުކޮށްލައިފިއެވެ.


މި މަހުގެ 10 ވަނަ ދުވަހު ވަޒަންތަކެއް ފެނިގެން ހައްޔަރުކުރީ ނެމީބިއާއަށް ނިސްބަތްވާ މީހަކީ އުމުރުން 60 އަހަރުގެ މީހެކެވެ.


އޭނާ ބަންދަށް ކޯޓަށް ހާޒިރުކުރުމުން 4 ދުވަސް ޖަހާދިން ނަމަވެސް އެ މުއްދަތު ހަމަވުމުން އޭނާ ޑީޕޯޓުކޮށްލަން އިމިގުރޭޝަނާއި ހަވާލުކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އޭނާ ޑީޕޯޓުކޮށްލައިފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ ޢަމަލަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލަކަށްވާތީ އޭނާ ޑީޕޯޓުކޮށްލީ ދުވަހަކު ވެސް ދެން ރާއްޖެއަށް ނާދެވޭ ގޮތަށް ކަމަށް މޯލްޑިވްސް އިމިގުރޭޝަންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޑީޕޯޓުކޮށްލި ފަތުރުވެރިޔާގެ އަތުން ފެނިފައި ވަނީ ކިހާ ވަޒަނެއްކަމެއް، އަދި އެ ތަކެތި ރާއްޖެ އެތެރެކުރީ ކިހިނެއްކަން ވެސް ސަރުކާރުގެ ރަސްމީ އިދާރާއަކުން ހާމަކޮށްފައި ނުވާކަބް ވެސް ފާހަގަކުރަމެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page