ވިހި މިނެޓަށްވުރެ ކުރު ދަތުރުތަކަށް ދާ މީހުން ގޮނޑި ގެންދަން ނުޖެހިއްޖެއްޔާ ރަނގަޅު
- ޙުސައިން އަޙުމަދު

- Dec 6, 2021
- 1 min read

ޑޮމެސްޓިކް ދަތުރު ކުރާ ހުރިހާ އެއާލައިންތަކުން، އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި އެއްވެސް ކާއެއްޗެއް ވެސް ނުދޭނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ. އެ އޮތޯރިޓީން ވަނީ އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި، ފެން ފިޔަވައި އެއްވެސް ބުއިމެއް ވެސް ނުދޭން އަންގައިފައެވެ.
ރާއްޖޭގައި ޑޮމެސްޓިކް ދަތުރުތައް ކުރާ މޯލްޑިވިއަން، މަންޓާ އާއި ފްލައިމީ އިން އެކަން އެ އޮތޯރިޓީން އެންގުމާ ގުޅިގެން މިދުވަސްވަރު ކުރާ ޑޮމެސްޓިކް ދަތުރުތަކުގައި ކާއެއްޗެހި ސާވް ނުކުރަން ނިންމައިފައެވެ. ހަމައެކަނި ލިބޭނީ ރިކުއެސްޓް ކުރުމުން ފެން އެކަންޏެވެ.
މި ބަދަލު ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ގޮތުންނެވެ.
މި ބަދަލާއިގުޅިގެން އާންމުން ބުނަމުންދަނީ 20 މިނެޓަށްވުރެ ކުރު ދަތުރުތަކަށް ދާ މީހުން ގޮނޑި ގެންދަން ނުޖެހިއްޖެއްޔާ ރަނގަޅު ކަމަށެވެ.
ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ ސާކިއުލާގައި ބުނީ ޑޮމެސްޓިކް ދަތުރުތަކުގައި ކޮވިޑްގެ އަލާމާތެއް ހުރިތޯ ކޮންމެ ފަސިންޖަރެއް ވަކިން ބަލަންވާނެ ކަމަށެވެ. އަދި ފަސިންޖަރުން ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށެވެ.








Comments