މޯލްޑިވިއަންއަށް ކޭޓާރ ނުކުރެވިގެން މަންޓާ އެއާރ އާއި ފްލައިމީން ބޯޓުތައް ޗާޓަރު ކުރަނީ
- މާހިރު މުޙައްމަދު
- Dec 6, 2021
- 1 min read

ޤައުމީ އެއާރލައިން، މޯލްޑިވިއަންއަށް ކޭޓާރ ނުކުރެވިގެން މަންޓާ އެއާރ އާއި ފްލައިމީން ބޯޓުތައް ޗާޓަރު ކުރަން ފަށައިފިއެވެ.
ފަތުރުވެރި ކަމުގެ ހައިސީޒަނާ ދިމަކޮށް ފާއިތުވި 3 ދުވަހުގެ ތެރޭގައި އެކަނި ވެސް މަންޓާ އެއާރ އާއި ފްލައިމީން 15 ފުލައިޓް މޯލްޑިވިއަން އިން ވަނީ ޗާޓަރުކޮށްފައެވެ. މި ހަފްތާގައި ހަނިމާދޫ، މާފަރު، ގަން އިންޓަރނޭޝަނަލް އެއާރޕޯޓާއި އިފުރު، ކާޑެއްދޫ، ކައްދޫ، މާވަރުލު އަދި ފުވައްމުލަކަށް ދަތުރުކުރާ ޤައުމީ އެއާރލައިންގެ ދަތުރުވެރިން އުފުލުމަށް މަންޓާ އެއާރ އާއި ފްލައިމީ ވަނީ ހަމަޖައްސާފައެވެ. ޑޮމެސްޓިކް ދަތުރުތައް ކުރުމަށް އެކަށީގެންވާ ވަރަށް ފުލައިޓު ޤައުމީ އެއާރލައިން ފީލްޑުގައި ނެތުމުގެ ސަބަބުން ޕްރައިވެޓް އެއާރލައިންތަކުގެ ބޯޓުތައް ޗާޓަރުކުރުމުން މޯލްޑިވިއަންއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިވާނެއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އަށް ވަނީ 25.3 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ.
މޯލްޑިވިއަން އިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް ނިންމީ ކޮވިޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އަޅަން އަންގާ ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކުރި ސާކިއުލާއަކާ ގުޅިގެން މޯލްޑިވިއަނުން ކުރާ އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކަށް އެއްވެސް ބުއިމެއް ނުދޭން ނިންމާާާާާފއި ވާކަމަށެވެ.
މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުގައި މައިގަނޑު ގޮތެއްގައި ދެނީ ޖޫސްތައްޓެކެވެ. ހިދުމަތުގެ ފެންވަރު ދައްވުމާއެެެކު ފުލްއިޓް ޑިލޭތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ސަކުވާ ވެސް ޤައުމީ އެއާރލައިންއަށް ކުރެއެވެ.








Comments