https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މޯލްޑިވިއަނުން ޖާގަނުލިބޭ މައްސަލައަށް ޖޯކުޖަހައިފި

  • މާހިރު މުޙައްމަދު
  • Jul 11, 2022
  • 1 min read


އަޟްހާ އީދަކީ ރާއްޖޭގައި އަބަދު ވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރާ އީދަކަށްވާ އިރު މި އަހަރު ވެސް ގިނަ ރަށްތަކެއްގައި ކުލަ ގަދަކޮށް ބޮޑު އީދުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.


ހދ. ކުޅުދުއްފުށީ ސިޓީއަކީ އެގޮތުން ފާހަގަކޮށްލެވޭ އެއް ރަށަކަށްވީ އިރު މިއަދު އެ ރަށުގައި ކުރިއަށް ގެންދިޔަ މަށި މާލި ޕެރޭޑުގައި ޤައުމީ އެއާރލައިން މޯލްޑިވިއަން ފުލައިޓުތަކުން ޖާގަނުލިބޭ މައްސަލައަށް ޖޯކުޖަހައި ފުޅަނދެއް ހަދާފައި ވެއެވެ.



ފްލައިޓެއްގެ އެއްފަޅި ދައްކުވައިދޭ ފުޅަނދުގައި " ހައްގު މިންވަރު" ބޮޑު އަކުރުން ޖަހާފައިވާ އިރު އެއާޕޯޓްއާ ގުޅިގެން ރަށްޔިތުންގެ ޝަކުވާތައް ދައްކުވައިދޭ މާލިތައް އެ ބޯޓުގައި ހިފައިގެންދާ މަންޒަރު ފެނެއެވެ. އޭގެ އިތުރުން އެ ރަށުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓްގައި ލައިޓްތައް ހަރުކޮށްދީފައި ނުވާތީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ފުޅަނދެއް (މަތިންދާ ބޯޓެއް) ހަދާފައިވެއެވެ.




އެ ފުޅަނދުން ފެންނަނީ ފްލައިޓެއް ރަންވޭގައި ޖައްސާފައިވާ މަންޒެވެ. އަދި ވަށައިގެން ޕްލާސްޓިކް ބޮކި ހަރުކޮށްފައި ހުރި އިރު އެ ފުޅަނދުގައި ޖަހާފައި ވަނީ އަނދިރި ތާރުގަނޑެވެ.

ޒަމާނުއްސުރެއެ ރަށުގައި ބާއްވަމުންދާ އަންނަ މި ޕެރޭޑްގައި ރައީސް ޞާލިހުގެ ސަރުކާރުން ވައުދުވެ، ފުރިހަމަ ނުކޮށްދީ ހުރި ކަންކަން ދައްކުވައިދޭ ފުޅަނދުތައް ވެސް ހިމެނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page