https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޤައުމުގެ ދިފާއީބާރުން ބޭރުގެ ބޯޓެއް އަތުލައިގެންފި

  • މާހިރު މުޙައްމަދު
  • Jun 21, 2021
  • 1 min read


ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.


ލ.އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން ”ސީލައިން-03“ ނަމަކަށްކިޔާ ދޯންޏަކަށް ކަމަށެވެ. އެކަމާގުޅޭ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 15:21 ގައި ކަމަށްް އެމްއެންޑީއެފުން ހަމަކުރެއެވެ.


އެ މަސް ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެން ދިޔަ ޚާއްސަ އޮޕަރޭޝަނުގައި، އެ ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނައީ ލ.އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުން ކަމަށާާާާއި އެ ބޯޓުގައި ތިބީ 05 ފަޅުވެރިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.


ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށުން ލ.އަތޮޅަށް އެ ބޯޓު ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ހަމަރެއެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓެއްކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page