ޝާހިދު އެމެރިކާގައި މަހަކަށްވުރެ ގިނަ ދުވަހު ހުންނަވައި، އދ ގެ ޢާންމު މަޖިލީހުގެ ރައީސްކަން ހޯދައިފި
- Goal mv
- Jun 8, 2021
- 1 min read

އެކުވެރި ދަޢުލަތުގެ(އދ) ޢާންމު މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ރާއްޖެއިން ކާމިޔާބުކޮށް ތާރީޚުގެތެރެއަށް ވަދެއްޖެއެވެ.
އދ ގެ ޢާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެއިން ވާދަކުރެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ. ޝާހިދުއާއި ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ޒަލްމާއި ރަސޫލްއެވެ. އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި މިރޭ ބޭއްވި އިންތިޚާބުގައި ކާމިޔާބު ހޯއްދެވީ މިނިސްޓަރު ޝާހިދެވެ.
އދ ގެ މެންބަރު ޤައުމުތަކުގެ ގޮތުގައި ހިމެނޭ 193 ޤައުމުގެ މެދުގައި މިރޭ ނެގުނު ސިއްރު ވޯޓުގައި، އދ ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިޚާބުވެވަޑައިގަތީ 143 ޤައުމެއްގެ ތާއީދާއެކުގައެވެ. ހަމައެހެންމެ ރަސޫލްއަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
ރާއްޖެއިން އިންތިޚާބު ކާމިޔާބުކޮށްފައިވާ އިރު، އިންތިޚާބުގެ ކެމްޕެއިންގައި މިނިސްޓަރު ޝާހިދު އެމެރިކާގައި ހުންނަވާތާ މަހަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
މެންބަރު ޤައުމުތަކުގެ ވޯޓުން އދ. ގެ ޢާންމު މަޖިލީހުގެ ރައީސް އިންތިޚާބުކުރާއިރު، ރައީސްކަމުގެ މަޤާމުގެ މުއްދަތަކީ 1 އަހަރެވެ. މި ގޮތުން ކޮންމެ އަހަރަކު ވެސް އެ މަޤާމަށް ކުރިމަތިލާން ވަކި ބައްރަކަށް ފުރުސަތު ލިބޭނެއެވެ. މިނިސްޓަރު ޝާހިދު މި ފަހަރު ކުރިމަތިލެއްވީ އޭޝިޔާ ޕެސިފިކް ޤައުމުތަކަށް ލިބުނު ފުރުސަތުގައެވެ.








Comments