https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޙިޝާންގެ ލާދީނީ ބިލާ ދެކޮޅަށް ކައުނިސިލްތަކާ ޖަމިއްޔާތަކުން ބަޔާން ނެރޭތީވެ ޝިފާޒް ރުޅިއައިސްފި

  • Writer: Goal mv
    Goal mv
  • Jun 18, 2021
  • 1 min read


އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ކުށްވެރިކޮށް ކައުންސިލްތަކާ ޖަމިއްޔާތަކުން ބަޔާން ނެރުން ހުއްޓުވަން ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ޝިފާޒް ގޮވާލައިފިއެވެ.


އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ޝިފާޒް ވިދާޅުވީ ކައުންސިލްތަކާ ޖަމިއްޔާތަކުން ނެރެމުންދާ ބަޔާންތަކަކީ "ސަލަފްގެ ބަޔާނެއް" ކަމަށެވެ. "މި ގައުމީ މަޖިލީހުގެ އެންމެހާ ދާއިރާ ރައީސުންގެ ކިބައިން އެދެން ބޭނުން، އެ ދާއިރާއެއްގެ ކައުންސިލު މެދުވެރިކޮށް ސަލަފުގެ އެ ބަޔާން ނެރެމުންދާ ނެރުމަށް ތިބޭފުޅުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާށޭ އެކަން ނުކުރެވޭނެ ގޮތަކަށް"


ހަރުކަށި ފިކުރަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މާތް މަގުސަދެއްގައި ހުށަހެޅި ބިލު "ސެކިއުލާ" ބިލަކަށް ހަދައިގެން އެމްޑީޕީ އަށް އަމާޒުކޮށް ޖަމިއްޔަތުއް ސަލަފުން ކެމްޕޭނެއް ފަށާފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.


ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ކެމްޕޭން ކުރަނީ ސަލަފް ޖަމިއްޔާ އިން ކަމަށް ޝިފާޒް ވިދާޅުވި ނަމަވެސް ސަލަފް ޖަމިއްޔާގެ އިލްމުވެރިންގެ އިތުރުން އެހެން ވަރަށް ގިނަ އިލްމުވެރިން ވެސް ވަނީ އެބިލާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.


101 އިލްމުވެރިޔަކު ސޮއި ކުރައްވާ ބިލް އަނބުރާ ގެންދިއުމަށް ގޮވާލައި ރައީސް ސޯލިހަށް ވަނީ ޕެޓިޝަނެއްވެސް


ހުށަހަޅާފައެވެ.

Comments


  • White Facebook Icon

@goal.mv2021

bottom of page