https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޕޮޒިޓިވްވީ 35 މީހުން ކަމަށް ބުނެވުނީ ރައްޔިތުންނަށް އޮޅުވާލަން ހަދައިގެން- ޑރ. ނަޒްލާ

  • މާހިރު މުޙައްމަދު
  • Jun 23, 2021
  • 1 min read


މިމަހުގެ 20 ވަނަ ދުވަހު ކޯވިޑް-19 އަށް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 35 މީހެއް ކަމަށް ބުނެވުނީ އޮޅިގެން ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. ރާއްޖެއިން މިމަހުގެ 20 ވަނަ ދުވަހު ޕޮޒިޓިވްވީ 253 މީހެއް ކަމަށާއި 20 ވަނަ ދުވަހުގެ އިއްޔެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ތފާސްހިސާބުތަކާއި ހަވަލާ ދީ އެޗްޕީއޭއިން ރޭ ހަމަ ކުރި ގޮތުގައި ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 35 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 164 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 3 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މާލެ ސަރަހައްދުން އިއްޔެ ޕޮޒިޓިވްވީ 35 މީހުން ކަމަށް ބުނެވުނީ އޮޅިގެން ކަމަށާއި ރަނގަޅު ނަންބަރަކީ 84 ކަމަށެވެ. އިއްޔެ ޕޮޒިޓިވްވީ 145 މީހެކެވެ. އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 61 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 77 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ ތިބީ 4،569 މީހުންނެވެ. މިހާތަނަށް 67،507 މީހުން ވަނީ ކޯވިޑު ބަލިން ވަނީ ރަނގަޅުވެފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށް 44 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދާ ހަމައަށް 207 މީހަކު ވަނީ ކޯވިޑް ބަލީގައި ވަނީ މަރުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page