ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި
- މާހިރު މުޙައްމަދު
- Jun 22, 2021
- 1 min read

ކުޅުދުށްފުށި ސިޓީގެ ޒުވާނަ ކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ކުޅުދުއްފުށި، ރިންސޯ، ޢުމުރުން 20 އަހަރުގެ އަބޫބަކުރު އިބްރާހީމެވެ. އޭނާ ހޯދަމުން އަންނަނީ، މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޢާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލުމުން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ. އޭނާގެ ޚަބަރެއް އެންމެ ފަހުންވީއިރު، އޭނާ ދިރިއުޅެމުން އައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް، ޢާއިލާއިން މަޢުލޫމާތުދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކަމުން އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް، އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އާއި ހިއްސާކުރުމަށް އެދޭ ކަމަށެވެ.








Comments