ޑރ. އިޔާޒް އަންހެން ކުދިން ހިތާނު ކުރަން ހިތްވަރުދީ
- މާހިރު މުޙައްމަދު
- Jun 23, 2021
- 1 min read

އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދީ ޑރ. މުހައްމަދު އިޔާޒް ޓްވީޓް ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
https://twitter.com/dr_iyaz/status/1407552517181902850?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ct
ޑރ. އިޔާޒްގެ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހަށާފައިވާ މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) ފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
އަދި އެއީ ދިވެހިރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށްވެސް ބުނެފައިވެއެވެ. މީކާއިލް އެދިފައިވަނީ މިމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބެލުމަށެވެ.








Comments