ޑެޕިއުޓީ މޭޔަރަކަށް ނަރީޝް ޢައްޔަންކުރަން ނިންމައިފި
- Goal mv
- Jun 20, 2021
- 1 min read

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް، މާފަންނު މެދު ދާއިރާާގެ ކައުންސިލަރު އަޙްމަދު ނަރީޝް އިންތިޚާބުކުރަން ޕީޕީއެމްއިން ނިންމައިފިއެވެ.
ޑެޕިއުޓީ މޭޔަރަކަށް، މާފަންނު މެދު ދާއިރާާގެ ކައުންސިލަރު އަޙްމަދު ނަރީޝް އިންތިޚާބުކުރަން ޕީޕީއެމްއިން މިއަދު ނިންމީ، އެ ޕާޓީން ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.
ނަރީޝްއަށް 5 ވޯޓު ލިބިވަޑައިގެންނެވި އިރު، ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރެއްވި ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ ޢަލީއަށް ލިިބިވަޑައިގަތީ 4 ވޯޓެވެ. ހުޅުމާލޭ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު އަށް ވެސް ލިިބިވަޑައިގަތީ 4 ވޯޓެވެ.
ޑެޕިއުޓީ މޭޔަރަކު އިންތިޚާބުކުރަން ކައުންސިލުގެ މެންބަރުންގެ މެދުގައި ވޯޓު ނަގާނީ މާދަމާއެވެ.








Comments