https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސީޕީ ހަމީދު ފޮޅި ފިހުމަށް އިސްކަންދަރުކޮށިީގެ ބަދިގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

  • Writer: Goal mv
    Goal mv
  • Jun 21, 2021
  • 1 min read


އިސްކަންދަރުކޮށި-1 ގެ ބަދިގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.


އިސްކަންދަރުކޮށި-1 ގެ ބަދިގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުން ކުރި އިއުލާނުގައި ބުނީ އެ މަސައްކަތަށްް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.


ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރުމުން، އަދި ޕްރޮކިއުމަންޓް ޔުނިޓް އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެ އެވެ.


އެގޮތުން ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.


ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2021 ޖޫން 24 ވަނަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ އެވެ.

އަދި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން އޮންނާނީ 2021 ޖޫން 27 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އިސްކަންދަރުކޮށި -1 ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. ބީލަން ހުޅުވުން އޮންނާނީ 2021 ޖުލައި 4 ވާ އާދީއްތަ. ދުވަހުގެ 11:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ.


ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށާއި، ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ އެވެ.


ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.


ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2021 ޖޫން 27 ވާ އާދީއެްތަ ދުވަހުގެ 10:00 ގެ ކުރިން އީ-މެއިލް ކުރަންވާނެ ކުރަންވާނެއެވެ.


ޕްރޮޖެކްޓާއިގުޅޭ ހުރިހާ މައުލޫމާތު ކަރުދާސްތައް ބިޑް ރެޖިސްޓްރޭޝަން ސްލިޕާއި އެކު މެެއިލްކުރެވޭނެ އެވެ.


އިތުރު މަޢުލޫމާތު އަމީނީމަގުގައި ހުންނަ ޕްރޮކިއުމަންޓް ޔުނިޓް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮކިއުމަންޓް ޔުނިޓުން ލިބޭނެ ކަމަށް އިއުލާނުގައި ބުނެެފައިވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page