https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޒިހާންގެ މައްޗަަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކޮށްފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 23, 2021
  • 1 min read



ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ރަހީނުކޮށް، މަރައިލި މައްސަލައާއި ގުޅިގެން ހައްޔަރުކުރި އިބްރާހިމް ޒިހާންގެ މައްޗަށް 4 ތުހުމަތުކޮށްފިއެވެ.


13 އަހަރުގެ މުޙައްމަދު ރާއިފް ރަހީނުކުރުމަށްފަހު އަނިޔާާކޮށް މަރައިލި މައްސަލައިގައި ހައްޔަރުކުރީ ނ.ލަންދޫ/ބަގީޗާގޭ ޢުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންގެ އިތުރުން ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.


ޒިހާންގެ ބަންދުގެ މުއްދަތު މަޖިލިސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އިއްޔެ ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޒިހާންގެ މައްޗަށް ވަނީ ޖިނާއީ ބޮޑު ހަތަރު ކުށެއްގެ ތުހުމަތު އުފުލައިފައެވެ. އެއީ ކުޑަކުއްޖަކާމެދު ޖިންސީ ގޯނާކުރުމާއި، ގަސްދުގައި މީހަކު މެރުމާއި، މާރާމާރީ ހިންގުމާއި، ރަހީނުކުރުމުގެ ތުހުމަތެވެ.


އެ ގޮތުން ފަނޑިޔާރު ޢަމުރުކުރެއްވީ ޝަރީޢަތް ނިމެންދެން ޒިހާން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ. އެއީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މުޖުތަމަޢުގެ ސަލާާމަތާއި ރައްކާތެރިކަމަށްޓަކައެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page