https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސަރުކާރަށް ޕުރެޝަރު ބޮޑުވެ، ގަންނާކުރައްވާ ބިރުން ލާދީީނީ ބިލް އިސްލާހު ކުރަން ބުނެފި

  • Writer: Goal mv
    Goal mv
  • Jun 20, 2021
  • 1 min read


ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ނަފްރަތުގެ ޢަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ޤާނޫނަކަށްވެގެން އަންނަ އިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.


ޢާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށްއުޅޭ ނުވަތަ ދެކޮޅު މީހަކުކަމަށް ތުހުމަތުކުރުމަކީ ކުށެއްކަމާއި، އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމަޢުގެ މީހަކާމެދު ނަފުރަތު އުފެއްދުމަކީ ވެސް ކުށެއްކަމާއި، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުމަކީ ކުށެއްކަމަށް ކަނޑައަޅައިފައިވާ ބިލާމެދު ޢާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ހަމައެހެންމެ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ޖުމްހޫރީ ޕާޓީންނާއި، ޢަދާލަތު ޕާޓީންނާއި، ދިވެހި ނޭޝަނަލް އެކްޝަން ޕްލޭނާއި، ޖަމްޢިއްޔަތުއްސަލަފުންނާއި، ޢިލްމުވެރިންގެ ގުޅުމުންނާއި، ރައްޔިތުންގެ އިއްތިހާދުންނާއި، ރަށު ކައުންސިލުތަކުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.


ޢަދާލަތު ޕާޓީން މިއަދު ބުނީ ނަފުރަތުގެ ކުށާއި ގުޅޭގޮތުން މަޖިލީހަށް ހުށަހަޅައިފައިވާ ބިލާމެދު އެ ޕާޓީގެ ކަންބޮޑުވުންތައް ރައީސް ޞާލިޙާއި ހިއްސާކުރެވިއްޖެ ކަމަށެވެ. އަދި އެ ބިލު ޤާނޫނަކަށްވެގެން އަންނައިރު، ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވި ކަމަށެވެ.


ބިލުގެ އިބްތިދާއީ ބަހުސް ނިންމުމަށް ފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދިރާސާކުރަން ފޮނުވީ މިދިޔަ އަންގާރަ ދުވަހުގައެވެ. ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަަތު ހުޅުވައިލައިފައިވާ އިރު، ބިލު ދިފާޢުކުރަން އެކުލަވައިލައިފައިވާ ޕެޓިޝަނުގައި ސޮއިކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page