ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހޯދަނީ
- މާހިރު މުޙައްމަދު
- Jun 20, 2021
- 1 min read

މާލޭގެ ގެއަކުން ވަގަށް ލެޕްޓޮޕެއް ނެގި މީހަކު ހޯދަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
ފުލުހުންގެ މިއަދު ހާމަކުރީ، 2021 އޭޕްރީލް 21 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއަކުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް މީހަކު ހޯދަމުން އަންނަ ކަމަށެވެ. އެމީހާ ހޯދުމަށް ފުލުހުން ވަނީ ވީޑިއޯއެއް ވެސް އާއްމު ކޮށްފައެވެ.
މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 485130 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.








Comments