ލާދީނީ ހިޝާން ހުށަހެޅި ބިލާއި ދެކޮޅަށް 100 ކައުންސިލުން ތެދުވެއްޖެ
- Goal mv
- Jun 21, 2021
- 1 min read

ނަފުރަތުގެ ޢަމަލުތަކުގެ ގޮތުގައި ޤާނޫނުލްޢުޤޫބާތަށް މާއްދާތަކެއް އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާއި ދެކޮޅަށް މިހާތަނަށް 100 ކައުންސިލުން ތެދުވެއްޖެއެވެ.
ބިލު ފާސްނުކުރުމަށާއި، ބިލުގައި ހުރި ނުރައްކާތެރިކަން ފާހަގަކޮށް 100 ރަށެއްގެ ކައުންސިލުން ބަޔާންނެރެ ޢާންމުކޮށްފައިވާއިރު، މާލޭ ސިޓީ ކައުންސިލުންނާއި، 03 އަތޮޅެއްގެ އަތޮޅު ކައުންސިލުން ވެސް ވަނީ ބަޔާންނެރެފައެވެ. މި ގޮތުން ޖުމްލަ 104 ކައުންސިލަކުން 509 ކައުންސިލަރުން ބަޔާންތަކުގައި ސޮއިކުރައްވައިފައިވާއިރު، އޭގެތެރޭގައި އެމްޑީޕީ ކައުންސިލަރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން 101 ޢިލްމުވެރިންގެ ފަރާތުން ވަނީ ބިލު އަނބުރާ ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރައްވައި، ޕެޓިޝަނެއް ވެސް ހުށަހަޅުއްވައިފައެވެ.
ހަމައެހެންމެ ސިޔާސީ ޕާޓީތަކުގެތެރެއިން ޢަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް(އެމްޑީއޭ) އިން ވެސް ވަނީ ބަޔާން ނެރެފައެވެ. ހަމައެއާއެކު ޖަމްޢިއްޔާތަކުން ވެސް ދަނީ ބިލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.








Comments