ތިންވަނަ ފަހަރަށް ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ބުނާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
- ޙުސައިން އަޙުމަދު

- Jun 21, 2021
- 1 min read

މެއި މަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭތީ މެއިމަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރީ، ހއ.މޮޅަދޫ/ބަހާރުގޭ އަބްދުﷲ ޢަލި މަނިކެވެ. އެ ގޮތުން މެއިމަހުގެ 19 ވަނަ ދުވަހުގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖެހުމަށްފަހު، އެ މުއްދަތު މި މަހުގެ 3 ގައި ހަމަވުމުން އިތުރު 15 ދުވަސްޖެހިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 15 ދުވަސް ޖަހައިފައިވާ ކަމަށެވެ. އަބްދުﷲ ޢަލި މަނިކަކީ 2007 ވަނަ އަހަރު ހިމަންދޫގައި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމުގައި އިސްކޮށް ހުރި މީހާއެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް އުފުލި ދަޢުވާ ސާބިތުވުމުން 10 އަހަރަށް އޭނާ ޖަލަށްލިއެވެ.








Comments