https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ތަހުގީގަށް ހާޒިރު ކުރުމަށް މީހަކު ހޯދަނީ

  • މާހިރު މުޙައްމަދު
  • Jun 21, 2021
  • 1 min read


އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް މީހަކު ހާޒިރު ކުރެވިފައި ނުވާތީ، އެމިހާ ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.


ފުލުހުންގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ތ. ކިނބިދޫ / ނޫވިލާގެ، ޢަބްދުލްމާނިޢު މުޙައްމަދު އަންގައި އިއުލާނުކުރާ ކަމަށެވެ.


މީނާ ހާޒިރު ކުރަނީ، ވައްކަމުގެ މައްސަލައެއްގައި ސުވާލު ކުރުމަށް ކަމަށާއި، ޖޫން 28 ވަނަ ދުވަހުގެ 10:00 އަށް ތ. ކިނިބިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް ދިއުމަށް އަންގާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ، އުޅޭ ވަކި ތަނެއް ނޭނގި ތަހުގީގަށް ހާޒިރު ނުކުރެވޭ މީހުން ހޯދުމަށް އިއުލާން ކޮށްފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް އެއިދާރާއަށް ލިބޭކަން ފާހަގަ ކޮށްލެވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page