ދެވަނަ ފަހަރަށް ޝަމާލްއާއި، ޢަބްދުއްރަޙީމް އިންކުއަރީއަށް ހާޒިރުކޮށްފި
- Goal mv
- Jun 20, 2021
- 1 min read

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ) ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް އާއި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހާޒިރުކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ،.241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް އާއި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް މިއަދު ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް ސިފައިންގެ ބައެއް ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.
އިންކުއަރީއަށް މިއަދު ޝަމާލްއާއި، ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހާޒިރުކޮށްފައިވާއިރު، މި މަހުގެ 06 ވަނަ ދުވަހުގައި ވެސް އެ ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގައި ހިމެނޭ ރައީސް ނަޝީދު ބޮޑީގާޑުން ވަނީ ހާޒިރުކޮށްފައެވެ. 241 ކޮމިޓީގެ މުޤައްރިރު، ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވިގޮތުގައި އިންކުއަރީ ކޮމިޓީގެ އަމާޒަކީ މި މަހުގެ ފަހު ހަފުތާގެތެރޭގައި އިންކުއަރީ ނިންމައިލުމެވެ.








Comments