ދޯންޏެއްގެ އިންޖީނު ހުއްޓުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދެނީ
- ޙުސައިން އަޙުމަދު

- Jun 20, 2021
- 1 min read

މަސްދޯންޏެއްގެ އިންޖީނު ހުއްޓުމުން ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ގަމުގެ 4 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ މަސްދޯންޏެއްގެ އިންޖީނު ހުއްޓުމުން ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށެވެ.
އިންޖީނު ހުއްޓިގެން އެހީތެރިކަން ފޯރުކޮށްދެމުންދަނީ ”އޯކިޑް 701“ ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށާއި، އެ ގޮތުން ”ވާލި 08“ ނަމަކަށް ކިޔާ ދޯންޏެއްގައި ކަފުޖަހައިގެން މީދޫ ބަނދަރަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.








Comments