ދީނަށް ފުރައްސާރަ ކުރާ ޝައުނާ މިނިސްޓަރު ކަމަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި
- Goal mv
- Jun 8, 2021
- 1 min read

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ޢައްޔަންކުރެއްވި އާމިނަތު ޝައުނާއަށް ރުހުންދޭން ފެންނަކަމަށް، ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީި އުވައިލައްވައި، އޭގެ ބަދަލުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އުފައްދަވައި އެ މިނިސްޓްރީގެ މިނިސްޓަރަކަށް ޝައުނާ ހަމަޖެއްސެވީ ހުސްވިމަހުގެ 5 ވަނަ ދުވަހުގައެވެ. ހަމައެހެންމެ ޝައުނާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ ހުސްވިމަހުގެ 18 ވަނަ ދުވަހުގައެވެ.
މި މައްސަލަ ކޮމިޓީން ދިރާސާކުރުމަށް ފަހު ޝައުނާއަށް ރުުހުންދޭން ފެންނަކަމަށް ވަނީ ނިންމައިފައެވެެ. އެ ގޮތުން ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިހާރު ފޮނުވައިފައިވާ އިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޕޯޓުގެެ މަސައްކަތް ކުރިއަށް ގެންދަން ވެސް ވަނީ އެޖެންޑާކޮށްްފައެވެ.








Comments