ފުލުހުންގެ ޔުނީފޯރމުގައި ބޮޑީ ކެމެރާ މި އަހަރު ހަރުކުރެވޭނެ- އިމްރާން
- މާހިރު މުޙައްމަދު
- Jun 9, 2021
- 1 min read

ދިވެހި ފުލުހުންގެ ޔުނީފޯރމުގައި މިއަހަރު ބޮޑީ ކެމެރާ ހަރުކުރަން ނިންމާފައި ވާކަމަށް ހޯމް މިނިސްޓަރ އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑީ ވޯން ކެމެރާ ޕްރޮކިއޯކޮށް މި އަހަރުގެ ތެރޭގައި ކެމެރާތައް ބޭނުންކުރަން ފެށުމަކީ މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ވެސް ޓާގެޓެއް ކަމަށާއި ބޮޑީ ވޯން ކެމެރާ ބޭނުން ކުރުމަކީ ޕޮލިސީ ލެވެލްގައި އެކަން ކުރަން ނިންމައި، ކެމެރާތައް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މި އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ ސަބަބުން މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން އަމަލުކުރި ގޮތާ ގުޅޭގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހަށް އަމާޒުވެފެއެވެ.
މިނިސްޓަރ ވިދާޅުވީ، ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި ކެމެރާ ހަރުކޮށް، މިދިޔަ އަހަރު އެ ޓެކްނޮލޮޖީ ޓެސްޓު ކުރި ކަމަށެވެ. އެހެން ނަމަވެސް ކޯވިޑް ގެ ސަބަބުން އެކަމަށް ހުރަސްއެޅިފައި ވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.








Comments