https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ފަތުރަމުންދަނީ އަސްލެއް ނެތް ހަގީގަތާއި ހިލާފު އަސާސެއް ނެތް ވާހަކަތަކެއް- ސިވިލް އޭވިއޭޝަން

  • މާހިރު މުޙައްމަދު
  • Jun 17, 2021
  • 1 min read


ދިވެހި ރާއްޖޭއާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްބުނެ ފަތުރަމުންދަނީ، ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ބުނެފިއެވެ.


މިނިސްޓްރީ އިން މިހެން ބުނެފައި ވަނީ، އިޒްރޭލުގެ ޓްރެވަލް އެޖެންސީއަކާއި ހަވާލާދީ، އެ ޤައުމުގެ ”އިޒްރޭލް ހަޔޮމް“ ނޫހުގައި އަންނަ ސެޕްޓެމްބަރު 6 އިން ފެށިގެން ކޮންމެ ހޯމަ ދުވަހަކު އެ ގައުމުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށްބުނެ ރިޕޯޓް ކޮށްފައިވުމުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.


މިކަމާއި ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ފަތުރަމުންދަނީ، އަސްލެއް ނެތް ހަގީގަތާއި ހިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ދިވެހި ރާއްޖެއާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުތައް ފެށުމަށް މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި ދަތުރު ކުރުމަށް އެއްވެސް އެއަރލައިން އަކަށް ހުއްދަ ދެވިފައި ނުވާއިރު، ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.


އަދި ދިވެހި ރާއްޖޭގެ ސަރުކާރުން އިޒްރޭލަށް މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާނެ ކަމަށާއި، އަދި އެގައުމާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުގެ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށްއަރުވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

Comments


  • White Facebook Icon

@goal.mv2021

bottom of page