https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މިޝްކާގެ މަރުގެ މައްސަލަ ފުލުހަށް ހުށައަޅައިފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 20, 2021
  • 1 min read


އެތައް ބައެއްގެ އެތައް އިހުމާލެއްގެ ސަބަބުން ކޯވިޑް-19 ގައި މިދުނިޔެ ދޫކުރު އުމުރުން އެންމެ 10 އަހަރުގެ ތުއްތު މިޝްކާ މުހައްމަދުގެ މަރުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދެއްވުމަށް އެދި ފުލުހުންނަށް ހުށައަޅައިފިއެވެ.


އެ މައްސަލަ ފުލުހުންނަށް ހުށައެޅީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންނެވެ.


މިޝްކާގެ މަރާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އެޗްއާރްސީއެމްގެ ކޮމިޝަނަރު މޫމިނާ ވަހީދު ވިދާޅުވީ މިހާތަނަށްވެސް މިޝްކާގެ މަރާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓް އެކޮމިޝަނަށް ލިބިފައި ނުވާކަމަށާއި، އެހެން ކަމުން އެމައްސަލަ ތަހުގީގު ކުރުމަށް ގިނަ ހުރަސްތަކަކާއި ކުރިމަތި ވެފައި ވާކަމަށެވެ.


އަދި މިޝްކާގެ މަރާއި ގުޅިގެން އެއްވެސް ތަހުގީގެއް ހިނގަމުންދޭތޯ ފުލުހުންނާ ސުވާލުކުރުމުން އެފަދަ ތަހުގީގެއް ހިނގަމުން ނުދާ ކަމަށް ބުނެފައިވާ ކަމަށާއި، އެހެންކަމުން މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް މިމަހުގެ 14 ވަނަ ދުވަހު ފުލުހުންނަށް އަންގާފައިވާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.


މީގެ އިތުރުން އެކަމަނާ ވިދާޅުވީ، އައިޖީއެމްއެޗުން ތައްޔާރުކޮށްފައިވާ ރިވިއު ރިޕޯޓެއް މިމަހުގެ 13 ވަނަ ދުވަހު ލިބިފައިވީ ނަމަވެސް ކޮމިޝަނުން ބޭނުންވާ ބައެއް މައުލޫމާތު ނެތުމުން އެ މައުލޫމާތު އަވަހަށް ހިއްސާކޮށްދިނުމަށް އައިޖީއެމްއެޗްގައި އެދިފައިވާނެ ކަމަށެވެ.


އުމުރުން އެންމެ 10 އަހަރުގެ މިޝްކާގެ މަރުގެ މައްސަލާގައި ހެލްރު މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި ގިނަ ފަރާތްތަކެއްގެ އިހްމާލުތަކެއްވާ ކަމަށް ބުނެފައިވީ ނަމަވެސް އެއްވެސް ފަރާތަކާއި މެދު ފިޔަވަޅު އެޅި ކަމަކަށް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page