https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އީވާގެ ރުޅިގަނޑު ސަރުކާރަށް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 7, 2021
  • 1 min read



ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭނާގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުމުން އެމައްސަލަ ކޮމެޓީން ބޭރުކޮށްލުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިތްހަަމަނުޖެހުން ފާޅުކުރައްވައިފިއެވެ.



ޒަމީލްގެ މައްސަލަ ކޮމެޓީން ބޭރުކޮށްލީ އެމްޑީޕީގެ ހަތަރު މެންބަރަކު ވެސް ވޯޓް ދެއްވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.


ކޮމެޓީން މައްސަލަ ބޭރުކޮށްލީ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކޮމެޓީގައި ތިއްބަވާ އެމްޑީޕީ މެންބަރުންނަށް ގުޅުއްވާ ލޮބީ ކުރައްވައިގެން ކަމަށް ނަޝީދު ފެކްޝަންގެ މެންބަރުން ތުހުމަތު ކުރައްވައެވެ.


ކޮމެޓީން މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް އީވާ ފޮނުވި މެސެޖެއްގައި ބިގޭ ޓެގް ކުރައްވައި އީވާ ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.


"ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.


ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީންކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ އީވާ ސުވާލު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ހާލަތާމެދުވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ވަނީ ސުވާލު ކުރައްވާފައެވެ.


އެމެސެޖް ނިންމަވާ ލައްވަމުން އީވާ ވިދާޅުވީ "މާތްކަލާކޯ މީވާ ސަރުކާރެއް،" ކަމަށެވެ.


މެންބަރު ބިގޭ އަކީ ރައީސް ސޯލިހްގެ ޅިއަނެކެވެ. އޭނާ އަކީ ރައީސް ސޯލިހް ފެކްޝަން ހިންގުމުގައި އެންމެ އިސްކޮށް މީގެ ކުރިން ވެސް އުޅުއްވާ މެންބަރެވެ.


ނަޝީދަށް ދިން ހަމަލާ އަށް ފަހު މަޖިލީހުގައި ތިއްބަވާ ނަޝީދު ފެކްޝަންގެ މެންބަރުންނާއި ރައީސް ސޯލިހް ފެކްޝަންގެ މެންބަރުންނާއި މެދު ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. ހާއްސަކޮށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރަން އުޅޭ މައްސަލައިގައި ދެފެކްޝަންގެ ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page