https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަދަރުސަތުލް އަމީރު އަޙްމަދު ހުރި ބިން އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް ނިންމައިފި

  • މާހިރު މުޙައްމަދު
  • Jun 8, 2021
  • 1 min read


މަދަރުސަތުލް އަމީރު އަޙްމަދު ހިންގި ޢިމާރާތް ހުރި ބިން 35 އަހަރުގެ މުއްދަތަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.


ސިޓީ ކައުންސިލުން މިކަން ހާމަކުރީ، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަމީރު އަޙްމަދު ހިންގި ޢިމާރާތް ހުރި ބިން 35 އަހަރުގެ މުއްދަތަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުގެ މެންބަރުންގެ އަޣްލަބިއްޔަތާއެކު އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ.





އެޑިއުކޭޝަން މިނިސްޓްރީއަށް އެ ބިން ދިނީ، ޕަބްލިކް ޕްރައިވެޓް ޕާޓްނާރޝިޕްގެ ދަށުން އެ ބިމުގައި ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމު ކުރުމަށެވެ. "މިކަމުގެ ސަބަބުން ތުއްތު ކުދިންނާއި، ސްކޫލަށްދާ ކުދިން، ޚާއްސަކޮށް އަމީރު އަޙްމަދާއި، ހެންވޭރު ޕްރީ ސްކޫލުގައި ތިބި ދަރިވަރުން އަދި ޢާއިލާތަކަށް ވަރަށް ބޮޑަށް ދަތިވެފައި އޮތް މައްސަލައެއް މީ" ޑރ.މުޢިއްޒު ވިދާޅުވިއެވެ.


އެ ގޮތަށް ނިންމީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން އޮތް ކަމަކަށްވާތީއާއި، ސަރުކާރުން ވެސް ވަރަށް ބޮޑަށް އެކަމަށް އެދިފައިވާތީކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެެވެ. އަދި އެއީ ގޮތެއް ނުނިމި ކައުންސިލުގައި ދިގުދެމިގެން ގޮސްފައިވާ މައްސަލައެއްކަން ވެސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page