https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަ މީ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން، ޝިއުނާ ދެން ރަނގަޅުވާނީ އިސްތިއުފާ ދެއްވީމަ- މަހްލޫފު

  • މާހިރު މުޙައްމަދު
  • Jun 19, 2021
  • 1 min read


އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރްޔަމް ޝިއުނާ ޝިއުނާގެ އިސްތިއުފާއަށް ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފު ގޮވައިލައްވައިފިއެވެ.

މަހްލޫފު އެފަދައިން ވާހަކަދައްކަވައިފައި މި ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި އޭސީސީން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލުމުންނެވެ.


މަހުލޫފު މިއަދު ވިދާޅުވީ މައްސަލަ ޕީޖީއަށް ފޮނުވަމުން އޭސީސީން ބޮޑު ބަޔާނެއް ނެރެފައި، މައްސަލަ އަނބުރާ ފޮނުވައިލުމުން ކޮމިޝަނުން ހަނު ތިބި ކަމަށެވެ. އަދި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މި ކަމަކީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެކަމަށެވެ. ”އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން. ކަންކުރަން ނޭގެންޏާ އިސްތިއުފާ ދެއްވީމަ މާ ރަނގަޅުވާނެ.“ މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފަށް ދަޢުވާކުރަން ފޮނުވި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލީ ޤާނޫނީ ބޮޑެތި މައްސަލަތަކެއް ހުރުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެ ގޮތުން މައްސަލައާއި ގުޅިގެން ބައެއް ފަރާތްތަކުގެ ހެކިބަސް ނެގީ ޤާނޫނާއި ޚިލާފަށްކަން ވެސް އެނގިފައިވެއެެވެ.

މަހުލޫފުގެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލައިވާއިރު، ފަހަކަށް އައިސް އެ ކޮމިޝަނުން ޕީޖީއަށް ފޮނުވާ މައްސަލަތައް އަނބުރާ ފޮނުވައިލަން ޖެހެއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page