https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މެއި މަހު އިމްޕޯޓާއި އެކްސްޕޯޓް ކުރި އަދަދު އިތުރު ވެއްޖެ

  • މާހިރު މުޙައްމަދު
  • Jun 17, 2021
  • 1 min read


މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު، ހުސްވި މެއި މަހު ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.


ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 105 ޕަސެންޓް ވަނީ އިތުރުވެފައެވެ.


އެގޮތުން 2020 ވަނަ އަހަރުގެ މެއި މަހު ރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ އިރު، މި އަހަރުގެ މެއި މަހު މި އަދަދު ވަނީ 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.


ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު މިދިޔަ އަހަރުގެ މެއި މަހު ހުރީ 174 މިލިއަން ރުފިޔާގައެވެ. ނަމަވެސް ހުސްވި މެއި މަހު އެ އަދަދު ވަނީ 333 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 91 ޕަސެންޓުގެ އިތުރުވުމެކެވެ.


މިއަހަރުގެ މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 104 ޕަސެންޓް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބުނު އިރު، މި އަހަރުގެ މެއި މަހު ލިބުނު އާމްދަނީ ވަނީ 238 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.


މި އަހަރުގެ މެއި މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައި ވަނީ އިންޑިއާ، އޮމާން އަދި ޔޫއޭއީންނެވެ. އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ 80 ޕަސެންޓް މުދަލެވެ. ރާއްޖެއިން ބޭރަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓު ކުރަނީ މަހުގެ ބާވަތްތަކެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page