https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ލަންކާގެ ބައިނަލްއަގްވާމީ 3 ވަނަ އެއާލައިން ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

  • މާހިރު މުޙައްމަދު
  • Nov 22, 2021
  • 1 min read

އަވަށްޓެރި ސްރީލަންކާގެ 3 ވަނަ ބައިނަލްއަގްވާމީ އެއާލައިން ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށަންނިންމައިފިއެވެ.


ލަންކާގެ މުޅިން އާ މި އެއާލައިން ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާ ޤައުމުތަކުގެތެރޭގައި ރާއްޖެ ހިމަނާފައި ވަނީ ލިސްޓުގެ އެންމެކުރީގައެވެ.


ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް އެންމެ ފުރަތަމަ ފަށަން ހަމަޖެހިފައިވާ ޤައުމުތައް:

1- ދިވެހިރާއްޖެ

2- އިންޑިއާ

3- މެލޭޝިއާ

4- އިންޑޮނޭޝިއާ

5- މިޔަންމާގެ އިތުރުން ޑުބާއީ އަށެވެ.


އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ފެށުމަށްފަހު ސައުދީ އަރަބިއްޔާ އަށް ހާއްސަ ދަތުރުތަކެއް ކުރުމަށްވެސް އެ އެއާލައިނުން ދަނީ މަސައްކަތް ކުރަމުންނެވެ.


މިދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރުމަށް ހަމަޖައްސާފައި ވަނީ ބޮއިން 737 މަރުކާގެ 160 އާއި 190 އާއި ދެމެދުގެ އަދަދަށް ޕަސެންޖަރުން އުފުލޭ މަތިންދާ ބޯޓްތަކެވެ.


ފްލައި ލަންކަން އޭޝިއާގެ ސީއީއޯ ޑރ. އަރޯޝާ ފެނާންޑޯއާ ވިދާޅުވި ގޮތުގައި އެ އެއާލައިންގެ ދަތުރުތަކުގެ އަގު ހެޔޮވާނެ ކަމަށާއި އެ އެއާލައިންގެ މައިގަނޑު އަމާޒަކީ ކާގޯ މާކެޓްގައި ވާދަވެރިކަން އިތުރުކޮށް ރަނގަޅު ހިދުމަތެއް ދިނުން ކަމަށެވެ.


ފްލައި ލަންކަން އޭޝިއާގެ ދަތުރުތައް ފެށުމާއެކު އެ އެއާލައިން ވެގެންދާނީ ލަންކާ ސަރުކާރުން ހުއްދަ ދޭ 3 ވަނަ ބައިނަލްއަގްވާމީ އެއާލައިނަށެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page