ކެބިން ކްރޫއަކަށް ވާން ބޭނުން ނަމަ މި އޮތީ ރަނުގެ ފުރުޞަތެއް
- މާހިރު މުޙައްމަދު
- Nov 17, 2021
- 1 min read

ދިވެހި ކެބިން ކްރޫ އެކަޑަމީން ހިންގާ ކެބިން ކްރޫ ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް ފުރުޞަތު ހުޅުވާލައިފިވެ.
އެ އެކަޑަމީން ފޭސްބުކްގައި ކުރި އިޢުލާންގައި ވަނީ ކެބިން ކްރޫ ފައުންޑޭޝަން ލެވެލްގެ އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ކޯހުގައި ރެޖިސްޓަރވުމަށް އެ ކުއްޖެއްގެ ފުރިހަމަ ނަމާއި، އައިޑީކާޑް ނަމްބަރު، އަދި ގުޅޭނެ ފޯން ނަމްބަރުގެ އިތުރުން އީމެއިލް އެޑްރެސް ޖެހުމަށް ފަހު 9958800 އަށް ނުވަތަ ދިވެހި ކެބިން ކްރޫ އެކަޑަމީގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން އެ އެކަޑަމީން އެދެއެވެ.

ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮންލައިކޮށް ކަމަށާއި އަންނަ މަހުގެ 11 އިން ފެށިގެން 20ގެ ނިޔަލަށަ ކުރިއަށް ދާނެއެވެ. މި ކޯސް ހަދައިގެން ފައިދާ ކުރާނީ ހަމައެކަނި ކެބިން ކްރޫއިންނަށް ވާން ބޭނުންވާ ފަރާތްތަަކަށް ނޫން ކަމަށާއި ކޯސް ހަދައިގެން އޭވިއޭޝަން ދާއިރާގެ އެހެނިހެން ވަޒީފާތައް ހޯދުމަށް ފަސޭހަވެގެން ދާނެއެވެ. އޭގެ ތެރޭގައި، ރިޒަވޭޝަން ޓިކެޓިންގ، އެއާޕޯޓް ކަސްޓަމަރުންނަށް ހޭންޑްލް ކުރުން ފަދަ ވަޒީފާތައް ހިމެނެއެވެ.

ދިވެހި ކެބިން ކްރޫ އެކަޑަމީން ކެބިން ކްރޫ އިންނާއި ގުޅުން ހުރި ކޯސްތައް ހިންގަމުން ގެންދާތާ 7 ވަރަކަށް އަހަރު ވަނީ ވެފައެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި އެއާލައިންތަކުގައި ދިވެހި ކެބިން ކްރޫއިން މަސައްކަތް ކުރަމުންދާ އިރު އޭނގެތެރޭގައި އެ އެކަޑަމީން ކެބިން ކްރޫ ކޯސްހަދާފައިވާ ގިނަ އަދަދެއްގެ ދިވެހި ކުދިން ހިމެނެއެވެ. އެ އެކަޑަމީގެ ހިންގާ ކޯސްތައް ހަދައިގެން ވަރަށް ފަސޭހައިން ކެބިން ކްރޫއަކަށް ވުމުގެ ފުރުޞަތު ލިބިގެން ދަނީ ކޯހުގައި ކިޔަވާދެއް ވާނީ އެކަމުގެ ތަޖުރިބާ ލިބިފައި ތިބި، ސިވިލޭވިއޭޝަންގެ ހުއްދަ ލިބިފައިވާ ލެކްޗަރާއިންނަށް ވާތީއެވެ








Comments