ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި
- މާހިރު މުޙައްމަދު
- Dec 5, 2021
- 1 min read

ތުރުކީގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އިތުރުކޮށްފިއެވެ.
ޓާކިޝް އެއާލައިނުން ރާއްޖެއަށް މީގެކުރިން ދުވާލަކު އެއް ދަތުރުު ކުރި ނަމަވެސް މިހާރު އެއާލައިނުން ހަފްތާއަކު 11 ދަތުރު ކުރާނެއެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޓާކިޝް އެއާލައިނުން އިތުރު އެއް ދަތުރު ކުރާނެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓާކިޝް އެއާލައިނަކީ މި އަހަރުގެ މިހާތަނަށް ހަތްވަނަ އަށް އެންމެ ގިނަ މީހުން ދަތުރު ކުރި އެއާލައިނެވެ. އެ އެއާލައިނުން މިހާތަނަށް 56،712 މީހުން ވަނީ ރާއްޖެއަށް އައިސްފައެވެ.








Comments