https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މިއީ ރައީސް ޞޯލިހުގެ ސަރުކާރު ފެއިލްވަމުންދާކަމުގެ ނިޝާނެއް- ޑރ. މަޢުރޫފް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 23, 2021
  • 1 min read


މިއަދު ފެނިގެން މިދަނީ މުޅި ޤައުމު ފެއިލްވަމުންދާކަމުގެ ބިރުވެރި ނިޝާނެއްކަމުގައި ރާއްޖޭގެ މަޝްހޫރު މެޑިކަލް ޑޮކްޓަރ ޑރ. މައުރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.


ޑރ. މަޢުރޫފް ވިދާޅުވީ ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލާ ހިސާބަށް ގައުމުގެ ޙާލަތު މިއަދު ހިގައްޖެކަމަށާއި މައިންބަފައިންނާއި، އަމަން އަމާންކަމާބެހޭ މުއައްސަސާއާއި ޢަދުލު އިންސާފުގެ ނިޒާމްގެ އިތުރުން މިއީ ޖުމްލަ ގޮތެއްގައި މުޅި ގައުމު ފެއިލް ވަމުންދާ ކަމުގެ ބިރުވެރި ނިޝާނެއްކަމަށެވެ.


އޭނާ މިހެން ވިދާޅުވިއިރު، އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފޮއްޓަކަށްލާ އެއްލާލާފައި އޮތް ކުޑަކުއްޖަކު ރޭ ވަނީ ހުޅުމާލެ ބީޗް ސަރަހައްދުން ފެނިފައެވެ.


އެކުއްޖާ މަރާލާފައި އޮއްވާ ފެނުމުގެ ކުރިން އެކުއްޖާ ގެއްލިގެން ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެކުއްޖާ ރަޙީނުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. ކުޑަކުއްޖާގެ މަރާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކުވެސް މިއަދު ހައްޔަރު ކޮށްފައެވެ.


އެގޮތުން 17 އަހަރާއި 27 އަހަރުގެ ދިވެހި ދެ ފިރިހެނުން މިއަދު ހައްޔަރު ކޮށްފައިވާއިރު، އެމީހުން ހައްޔަރުކުރި ގެސްޓު ހައުސްގެ ރޫމުން ވަނީ ލޭގެ އަސަރުވެސް ފެނިފައެވެ. އަދި ފުލުހުން ވަނީ އެ ކޮޓަރިން ކޮތަޅެއްގައި އެއްޗެހިތަކެއްވެސް ގެންގޮސްފައެވެ. ރަހީނުކޮށް ކުޑަކުއްޖާ މަރާލި ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުއްވެރި ކުރަމުންނެވެ. ޑރ. މަޢުރޫފް ވަނީ މި ހާދިސާއާއި ގުޅިގެން މިއަދު ޤައުމުގެ ހަލަތު ހުރި ގޮތާމެދު އެންމެންވެސް ވިސްނަން ނުވޭތޯ ސުވާލު ކުރައްވާފައެވެ. އަދި އެ އަނިޔާވެރިޢަމަލު ކުރި މުޖުރިމުންނަށް ޙައްޤު އަދަބު ލިބެންޖެހޭނެކަމަށް ޑރ. މަޢުރޫފް ވަނީ ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page