https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހޯދަނީ

  • މާހިރު މުޙައްމަދު
  • Jun 22, 2021
  • 1 min read


ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައިފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.


ފުލުހުން އެމީހާގެ ވީޑިއޯ އާންމުކޮށްފައިވާއިރު ވީޑިއޯއިން ފެންނަ މީހާއަކީ 2021 އޭޕްރީލް 26 ވަނަ ދުވަހުގެ ވަގުތެއްގައި ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.



މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނުމަށްފަހު، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ485538އެވެ.


މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައިފުލުހުން މީހަކު ހޯދަން ފަށާފައިވާއިރު ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި މަކަރާއި ހީލަތުން ފައިސާތައް ހޯދާ މައްސަލައަށް ވެސް ސަމާލުވުމަށް ފުލުހުންނާއި އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މި މަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި މަކަރާއި ހީލަތުން ފައިސާތަކެއް ހޯދި މީހަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ.


މި މައްސަލާގައި ފުލުހުން ހައްޔަރުކުރީ ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި އޮޅުވާލައިގެން 60،000ށްވުރެ ގިނަ ރުފިޔާ ހޯދި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.


ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން މިހާރަކަށް އައިސް ވަނީ އިތުރުވެފައެވެ. ބޭންކުންވަނީ މިކަމަށް ސަމާލުވުމަށް އެދިފައެެވެ. ކާޑުގެ މައުލޫމާތާއި، ޓްރާންސެކްޝަންތައް ހެދުމަށް ބޭންކުން ކަސްޓަމަރުންނަށް ނުގުޅާނެކަމަށް ބޭންކުންވަނީ ބުނެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page