https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަހުލޫފުގެ މައްސަލަ އަނބުރާ ފޮނުވައިނުލަން- ޕީޖީ

  • Writer: Goal mv
    Goal mv
  • Jun 19, 2021
  • 1 min read



އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިނުލާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީން މިހެން ބުނީ މަހުލޫފަށް ދަޢުވާކުރަން ފޮނުވި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާރ އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ މަހުލޫފުގެ މައްސަލަ އޮތީ ޕީޖީގައި ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ފޮނުވައިނުލާ ކަމަށެވެ.

ހަމައެހެންމެ ޕީޖީ އޮފީހުން އެދުނީ ޑިޔުޓީ ޕްރޮސެކިޔުޝަން މަރުހަލާގެތެރެއިން ސާފުކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަކުރަން ކަމަށާއި، އެ ގޮތުން ބައެއް ލިޔެކިޔުންތައް ހުށަހެޅުމަށް އޭސީސީއަށް އަންގާފައިވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މި މަހުގެ 09 ގައެވެ. އެއީ ޚިޔާނާތުގައި 33،000 އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި މަހުލޫފު ނެންގެވިކަމަށް ބުނެފައެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މަހުލޫފު މަޤާމުގެ މަސްއޫލިއްޔަތުތަކުން ވެސް އެކަހެރިކުރައްވައިފައެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page