https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މިނިސްޓަރު އިމްރާން އިންކުއަރީއަށް ހާޒިރުކޮށްފި

  • މާހިރު މުޙައްމަދު
  • Jun 19, 2021
  • 1 min read


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ހޯމް މިނިސްޓަރު އިމްރާން ހާޒިރުކޮށްފިއެވެ.


241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި މިނިސްޓަރު އިމްރާނާއި ސުވާލުކޮށް މަޢުލޫމާތު ހޯދީ މިއަދު މެންދުރު ކުރީގައެވެ. ނަމަވެސް އިންކުއަރީ ކުރިއަށް ގެންދަނީ ސިއްރުކޮށްގެންކަމަށްވާތީ އެކަމާބެހޭ އިތުރު ތަފްސީލެއް ނުލިބެއެވެ. އިންކުއަރީއަށް އިމްރާން ހާޒިރުކޮށްފައިވާއިރު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ ކައުންޓާރ ޓެރަރިޒަމްގެ ޑިރެކްޓަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާޢީލްއާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ހާޒިރުކުރީ މި މަހުގެ 05 ގައެވެ. އޭގެ އިތުރުން ސިފައިންގެ އިސް ބޭފުޅުންނާއި ވަކިވަކި ސިފައިންނާއި، ފުލުހުންނާއި، ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމާއި, މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދާއި، އެމްއެމްއޭގެ ގަވަރުނަރު ހާޝިމާއި، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އިބްރާހިމް އަހުމަދު ނާސިރާއި، އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގައި ހިމެނޭ ރައީސް ނަޝީދު ބޮޑީގާޑުން ވެސް އިންކުއަރީއަށް ހާޒިރުކޮށްފައިވެއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page