https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މެންބަރުންނާއި، ވަޒީރުން ބަސްނާހާ ކޮންމެ ފަހަރަކު ޤާނޫނުން ބިރުދައްކާ- ޑރ. ޖަމީލް

  • Writer: Goal mv
    Goal mv
  • Jun 20, 2021
  • 1 min read


ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކެބިނެޓްގެ ވަޒީރުން ބަސްނާހާ ކޮންމެ ފަހަރަކު ޤާނޫނުން ބިރުދައްކާކަމަށް، ކުރީގެ ނައިބު ރައީސް އަދި ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.


ޑރ.ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި އޭސީސީން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފައިވަނިކޮށެވެ.


ޑރ.ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި ސަރުކާރަށް އެމްއެމްޕީއާރުސީގެ ވައްކަން މިވީ އެންމެ ބޮޑު އެސެޓަށް ކަމަށާއި، މެންބަރުންނާއި، ވަޒީރުން ބަސްނާހާ ކޮންމެ ފަހަރަކު ޤާނޫނުން ބިރުދައްކާކަމަށެވެ.


ހަމައެހެންމެ މެންބަރުންނާއި ވަޒީރުން ތިއްބެވީ މޯގޭޖްވެފައިކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.


”މި ސަރުކާރަށް އެމްއެމްޕީއާރުސީގެ ވައްކަން މިވީ އެންމެ ބޮޑު އެސެޓަށް. މެންބަރުންނާއި ވަޒީރުން ތިބީ މޯގޭޖްވެފައި. ބަސްނާހާ ކޮންމެ ފަހަރަކު ޤާނޫނަށް ޑީފޯލްޓްވެ ދަޢުވާގެ ބިރު ބޯމަތިވޭ.“ ޖަމީލް ވިދާޅުވިއެވެ.


ޑރ.ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް މިހާތަނަށް އެތެރެއިން ވެސް ނުވަތަ ބޭރުން ވެސް ކަށަވަރުކޮށް ގެނެސްދެއްވެވުނީ ބަދަލުހިފުން އެކަނި ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page