މަހުލޫފް ވިދާއަޅުވަނީ އޭސީސީއަކަށް ދައުވާ ނުކުރެވޭނެ ކަމަށް
- ޙުސައިން އަޙުމަދު

- Jun 17, 2021
- 1 min read
Updated: Jun 17, 2021

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމުގެ ތުހުމަތުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅީ ޗުއްޓީގައި ހުންނަވަނިކޮށް ކަމަށާއި މިމަސް ނިމުމުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީގެ އޮފީހަށް 9 ޖޫންގައި ފޮނުވުމާއެކު އެމަނިކުފާނު ވަނީ މަސައްކަތުން އެކަހެރި ކުރައްވާފައެވެ.
މަޙްލޫފްގެ މައްޗަށް އުފުލާފައިވާ މައްސަލައާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި އޭސީސީ އަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ނުލިބޭނެ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުން ވެސް ސާފުވާ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ކުރިން ދަޢުވާ ފޮނުވި ފަރާތްތަކަށް ވެސް ދަޢުވާކޮށްފައިވަނީ ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަހްލޫފް މީގެ ކުރިންވެސްވަނީ މިމައްސަލައިގައި ސަސްޕެންޑްކޮށްފައެވެ. މަހްލޫފް ސަސްޕެންޑްގައި ހުރި ދުވަސްވަރު ޔޫތް މިނިސްޓްރީ ހިންގެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ބެލުމުގެ ދަށުންނެވެ.
މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވީ އޭނާ އަށް ލިބިފައި ވަނީ ރިޝްވަތުގެ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގުން ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގެން އޮތުމުން ކަމަށް އޭސީސީން ބުންނެފައިވެއެވެ. މީގެ ކުރިން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ. އެހެންނަމަވެސް މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީ އާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވާލަން ދީފައިވާ ލިއުންތަކެއް ކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ އުފުލައިފައެވެ.








Comments