https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މީހަކު ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

  • Writer: Goal mv
    Goal mv
  • Jun 7, 2021
  • 1 min read


މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއްގައި ހުރި ހާލު ދެރަވި މީހަކު ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.


މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، ސ.ގަން ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ”މީރާ“ ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއެއްގެ އިނގިއްޔަކަށް ޒަހަމްތަކެއް ލިބުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:18 ހާއިރު ކަމަށާއި، އޭރު އެ ދޯނި އޮތީ ސ.ގަމުގެ ދެކުނުން 10 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން ކަމަށް ވަނީ ބުނެފައެވެ. އަދި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އެ ދޯނީގެ ފަޅުވެރިއެއް ކަމުގައިވާ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.


މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ، ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް، ބަލި މީހާ ދޯނިން ނަގައިގެން މިއަދު ހެނދުނު 09:20 ހާއިރު ސ.ފޭދޫއަށް ގެންގޮސްދީފައި ކަމަށާއި، އަވަސް ފަރުވާ ދިނުމަށް ސ.ފޭދޫ ސިއްހީ މަރުކަޒަށް އެ މީހާ ގެންގޮސް މިހާރު ދަނީ ފަރުވާދޭން ފަށާފައި ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page