ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
- ޙުސައިން އަޙުމަދު

- Jun 21, 2021
- 1 min read

މާލޭގެ ފިހާރައަކަށް ގެއްލުންދީ އެ ފިހާރައިން ވައްކަން ކުރި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާއްމު ކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މީހާއަކީ 2021 މެއި 19 ވަނަ ދުވަހުގެ 05:15 އެހާކަންހާއިރު ޝަމީމީ ގޯޅީގައި ހުންނަ ފްލޮރިޝް ފިހާރައަށް ގެއްލުންދީ އެފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
މިމީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 487544 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.








Comments