https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ތިބި ފަރާތްތަކަށް ލުއި ދެނީ

  • މާހިރު މުޙައްމަދު
  • Jun 23, 2021
  • 1 min read


ކޯވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިތުރު ލުއި ތަކެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.


އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅޭ ގޮތުން ކޮންމެ ހަފްތާއަކުވެސް މަޝްވަރާތައް ކަމާއި ގުޅުންހުރި އިދާރާ ތަކާއި އެކު ކުރެވެމުން އަންނަ ކަމަށާއި، މިހާރު ބަލި ފެތުރެމުންދާ މިންވަރު ދަށްވެފައި ވާއިރު، އިތުރު ލުއި ތައް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރި މީހުންނާއި، ބަލި ޖެހުމަށް ފަހު، ބަލިން ރަނގަޅުވެފައިވާ މީހުންނަށް ވެސް އެ އޮންނަ މުއްދަތަށް ބަލައި އެ މީހުންނަށް ވެސް ލުއި ދިނުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށާއި، ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދެ ހަފްތާ ވެފައިވާ މީހުންނަށް ލުއި ލިބޭ ނަމަ، އެހެން މީހުން ވެކްސިން ޖެހުމަށް ވެސް ބާރުވެރި ކުރެވިގެން ދާނެ ކަަމަށެވެ.


މިހާތަނަށް ރާއްޖެއިން ވެކްސިން 2 ޑޯޒް ފުރިހަމަ ކޮށްފައި ވަނީ، 184،212 މީހުންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page