ވާހަކައެއް ބުނަންތަ؟ އަހަރެން ހުރި އިރަށް ވުރެ މިހާރު ކުޑަކުދިންނާ ގުޅޭ މައްސަލަތައް މާގިނަ- ޝިދާތާ
- މާހިރު މުޙައްމަދު
- Jun 24, 2021
- 1 min read

ޖެންޑަރ މިނިސްޓަރު ކަމުން އެކަމަނާ އިސްތިއުފާ ދިނުމަށް ފަހު އެމިނިސްޓްރީގެ ކަންކަން މިހާރު ބޮއްސުންލަމުން އަންނަ ކަމަށް ކުރިން އެ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ޝިދާތާ މިފަދަ އިން ވިދާޅުވެފައި މިވަނީ ރަހީނު ކުރުމަށް ފަހު ރަހިމު ކުޑަކޮށް އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރާލި މައްސަލައެއް ފެންމަތި ވެފައި ވަނިކޮށެވެ. ޝިދާތާ ވިދާޅުވީ، ވަކި މީހަކު ހުރެގެން މިނިސްޓްރީގެ ހިންގުން ރަނގަޅު ނުވާނެ ކަމަށާއި އެމަންޒަރު މިހާރު ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި އެކަމަނާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިފަހުން ކުޑަކުދިންނާ ގުޅޭ ކަންކަން އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ޝިދާތާ ވިދާޅުވީ، ކުޑަކުދީންގެ ކަންކަމުގައި ގިނަ ގާނޫނުތަކާއި މުއައްސަސާތައް އެބަހެދޭ ކަމަށާއި އެހެންނަމަވެސް ކަންކަން ރަނގަޅަށް ކުރިއަށް ނުދަނީ ތަންފީޒީ އިދާރާ ތަކުގައި ހުރި މައްސަލަ ތަކުގެ ސަބަބުން ކަމަށެވެ. ޝިދާތާ އިތުރަށް ވިދާޅުވީ އެކަމަނާ އިސްތިއުފާދީ ރައްޔިތުންނަށް މިހާރު ސާބިތު ކޮށްދިނީ މިއީ ވަކި މީހަކު މިނިސްޓަރު ކަމުގައި ހުރުމުން ވާކަންކަން ނޫން ކަމަށެވެ.








Comments