އެސްޓީއޯގެ ހިއްސާ އަކަށް 60 ރުފިޔާ
- މާހިރު މުޙައްމަދު
- Jun 20, 2021
- 1 min read

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
ހިއްސާ އަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ، މިއަދު އެކުންފުނިން އޮންލައިން ކޮށް ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ލިބިފައި ވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ގައި ހިއްސާ ބެހުމަށް ފާސްކުރުމުގެ އިތުރުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން ޑިރެކްޓަރުން ކަނޑައެޅުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން އިންތިހާބުކޮށްފައިވަނީ އާމިނަތު ރުޝްމާ އެވެ.
2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް އެސްޓީއޯއިން ބަހާފައިވަނީ 58 ރުފިޔާއެވެ.








Comments