އިލްމުވެރިޔަކަށްވުމަށް ކިޔަވަންޖެހޭނީ އަޅުގަނޑު ކައިރިން- ޖެނިފާ
- Goal mv
- Jun 21, 2021
- 1 min read

ދީނީ ކަންކަމާއި ގުޅޭގޮތުން ކުރާ ބަހުސްތައް މިދުވަސްކޮޅު ގިނަވެފައިވާއިރު، ދީނީ އިލްމުވެރިން މިކަމުގައި ބަސްބުނާ މިންވަރުވެސް އިތުރެވެ. އަދި މިހާރު ބަހުސްކުރަމުންދާ ލާދީނީ ބިލާއި ގުޅޭގޮތުން ރާއްޖޭގެ 101 އިލްމުވެރިއެއް ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ބިލު އަނބުރާ ގެންދިއުމަށް ވަނީ ގޮވާލާފައެވެ.
ޖެނިފާ ވިދާޅުވީ ޑޮކްޓަރަކަށް، ޓީޗަރަކަށް އަދި އެކައުންޓެންޓަކަށް ވާން ވަރަށް ގިނަ ދުވަހު ކިޔަވަންޖެހޭކަމަށެވެ. އަދި ދީނީ އިލްމުވެރިއަކަށްވާން ކިޔަވަންޖެހޭނީ ކިހާ ދުވަހަކު، ކޯއްޗެއްތޯ، ޖެނިފަރ ސުވާލުކޮށްފައިވެއެވެ.
ޖެނިފާގެ ޓްވީޓަށް ރައްދުދިން ބައެއް މީހުން ފުރަތަމަވެސް އެހީ ޖެނިފާއަށް ގައުމީ އެއަރލައިން ހިންގާ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ދެއްވީ ކޯޗެއް، ކިހާ ދުވަހަކު ކިޔަވައިގެންތޯއެވެ؟
އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ކުރީގެ ބޯޑު މެމްބަރު ދިޔާނާ ޠާހިރު ވެސް ވަނީ މިމައްސަލައިގައި ޖެނިފާއާއި ސުވާލު ކުރަށްވާފައެވެ. އޭނާ ވަނީ، އޭވިއޭޝަން ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްގެން ތިބި އެތައް ބަޔަކު ވަޒީފާއެއް ނެތިފައި ތިބިއިރު، ޖެނިފާއަށް މަގާމު ލިބުނީ ކޮން ތަޖުރިބާއަކާއި އިލްމެއް ހުރެގެންތޯއޭ ވިދާޅުވެ ސުވާލު ކުރަށްވާފައެވެ.
ޖެނިފާގެ ވާހަކަތަކާއި ގުޅިގެން ރައްދުދިން މަދީނާގެ އިސްލާމިކް ޔުނިވަސިޓީގައި ކިޔަވާ ދިވެހި ދަރިވަރަކު ބުނީ ދީނީ އިލްމުވެރިޔަކަށްވުމަކީ އެއް ދުވަހުން ކޮށްލެވޭހާ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި އެއީ އަހަރުތަކެއްގެ މަސައްކަތްކަމަށާއި، ދީނީ އިލްމުވެރިޔަކަށްވުމަށް ގިނަ ކަންތައްތަކެއް އުނގެނެންޖެހޭ ކަމަށް އެ ދަރިވަރު ބުންޏެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާއަކީ މަގާމާއި ހަވާލުވީއްސުރެ ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯއްދަވަމުން ގެންދަވާ ކަނބަލެކެވެ. މުސާރައިގެ މައްސަލައިން ފެށިގެން ގޮސް، އެތައް މައްސަލަތަކެއްގައި އެކަމަނާ ވަނީ ފާހަގަވެގެން ގޮސްފައެވެ.
ކޮންމެއަކަސް ޖެނިފާ މިފަހަރު ކުރެއްވި ޓްވީޓް މިއޮތީ ޒާތަކަށް ނަމަވެސް އަތަށް ގޮވާފައެވެ. އެއްކަމަކުން އަރައިނުގަނެވެނީސް އަނެއްކަމެއް މިއޮންނަނީ ލައިގެންފައެވެ. ބައެއް މީހުން ބުނެފައި ވަނީ ކުންފުނި ބަނގުރޫޓުވެގެންދާއިރުވެސް ރައީސުލްޖުމްހޫރިއްޔާއާއި ދާދި އެއްވަރަށް މުސާރަ ނަގައިގެން ތިބޭ ބަޔަކު ބޭކާރު އަނގަ ނުތަޅައި މަޑުން ތިބޭނަމަ މާ ރަނގަޅުވާނެ ކަމަށެވެ.








Comments