އީވާޓެއަށް ރޭ މާލަހުން ނިދިކުރެއްވުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ނޯންނާނެ
- ޙުސައިން އަޙުމަދު

- Jun 22, 2021
- 1 min read

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއެއް ނޯންނާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ ބުދަ ދުވަހުއެވެ. ބުދަ ދުވަހުގެ ޖަލްސާ ކުރިޔަށްދާނީ އޮންލައިންކޮށެވެ. ޖަލްސާ ފެށޭނީ ހެނދުނު 10 ޖަހާއިރުއެވެ. ބުދަ ދުވަހަށް ޖަލްސާ ތަވާލުކޮށްފައިވާއިރު މިއަހަރުގެ މޭޑޭގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާ ސުވާލުކުރުމަށް ވަނީ އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.
އޭގެތެރެއިން އެއް ސުވާލަކީ މެއި 1 ވީ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބޭއްވުނު މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާއިރު، މިހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅު އެޅިފައިވާނަމަ، އެ ފިޔަވަޅަކީ ކޮބައިތޯއެވެ. އަދި އެރޭ ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުން، ސަރވިސް ނަންބަރު ފެންނަ ގޮތަށްތޯއާއި، އެރޭގެ މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވީ އެކަމާ ގުޅޭ އެކަށީގެންވާ ޓްރެއިނިން ލިބިފައިވާ ފުލުހުންތޯއެވެ.
އަދި މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެތޯވެސް އަހާނެއެވެ.
މީގެއިތުރުން ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރާއިރު، ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލު ނުކުރަނީ ކީއްވެތޯވެސް އިމްރާން އަރިހުން ސާފުކުރުމަށް މެންބަރު މީކާއީލް ވަނީ ހުށަހަޅުއްވާފައެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. އެގޮތަށް އޭރު ނިންމާފައިވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެންނެވެ. ޕެންޑަމިކްގެ ކުރީކޮޅު ވެސް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔައެވެ.
މާލެ ސަރަހައްދުގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ވަނީ ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. ކޮންމެހެން އޮފީސްތަކަށް ނުކުމެގެން މަސައްކަތްކުރަންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވަނީ އަންގާފައެވެ.








Comments