މަރުގެ މައްސަލައެއްގައި ކާރެއް ބަލާ ފާސްކޮށްފި
- މާހިރު މުޙައްމަދު
- Jun 23, 2021
- 1 min read

ރަހީނު ކުރުމަށްފަހު ރަހުމު ކުޑަ އެތައް އަނިޔާތަކެއް ދީ މަރާލި އުމުރުން އެންމެ 13 އަހަރުގެ ކުއްޖާގެ މަރާއި ގުޅިގެން ކާރެއް ބަލާ ފާސްކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލަ އަކީ ފުލުހުން ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ބަލަމުން އަންނަ ސީރިއަސް މައްސަލައެއް ކަމަށާއި، އެ މައްސަލައާއި ގުޅިގެން ކާރެއް ބަލާ ފާސްކޮށްފައި ވާކަމަށެވެ. ނަމަވެސް މައްސަލަ އަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވުމުން މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހިއްސާ ކުރަން އުނދަގޫ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގައި ދިރިއުޅެމުން އަންނަ 13 އަހަރުގެ ކުއްޖާ ގެއްލުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ކުއްޖާ ނުފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އާދިއްތަ ދުވަހުއެވެ. އެއާއެކު ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރަހީނު ކޮށްފައެވެ.
ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާ ފެނުނުއިރު އޮތީ ފޮއްޓަކަށް ލައި މަރާލައިފައެވެ.
މަރާލާފައިވާ އެކުއްޖާގެ ހަށިގަނޑު ފެނުނީ އާންމުންގެ މީހަކު، ހުޅުމާލެ ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެމީހާ ރިޕޯޓުކޮށްފައި ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެއެވެ.








Comments