https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އައްޑޫ ފްލައިން ސްކޫލް މާދަމާ ހިންގުން އެވިޑް ކޮލެޖް އަށް ހަވާލު ކުރަނީ

  • މާހިރު މުޙައްމަދު
  • Jun 23, 2021
  • 1 min read


އައްޑުގައި އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް އިން ހިންގަމުން އަންނަ ފްލައިންގ ސުކޫލް ހިންގުން އެވިޑް ކޮލެޖް އާއި ހަވާލު ކުރުމަށް ނިންމައިފިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި، ”އެވިޑް ސްކޫލް އޮފް އޭވިއޭޝަން“ ގެ ދަށަށް ފްލައިން ސްކޫލް ބަދަލުކޮށް އެސުކޫލް ހިންގުމަށް ވެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ.


އެވިޑް ކޮލެޖަށް ފްލައިން ސުކޫލް ބަދަލުކުރުމަށް ނިންމާފައި މިވަނީ، މީގެ ކުރިން އެސުކޫލު ހިންގަމުން ދިޔަ ފަރާތުގެ ސަބަބުން އެތަނުން ކިޔަވަމުންދިޔަ އެތައް ދަރިވަރުންނަށް ބޮޑެތި ދަތިތަކެއް ދިމާވެފައި ވަނިކޮށެވެ. އަދި ކުރިން އެ ސުކޫލް ހިންގަމުން ދިޔަ އޭއޭއޭ ކުންފުނިން ދަރިވަރުންނަށް އިންޒާރުދިން ފަދަ ގިނަ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.


ފްލައިން ސުކޫލް ކުރިން ހިންގަމުން ދިޔަ ކުންފުނީގެ ފަރާތުން ދަރިވަރުންނަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދިއުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، މި މައްސަލާގައި އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށް އަންގާފައެވެ. އަދި އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް މިކަމުގައި ވާނަމަ އިހުމާލުވި ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ރައީސް ސޯލިހު ވަނީ އަންގަވާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page